ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓީވް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ކ. ދިއްފުށީގައި ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓީވް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ކ. ދިއްފުށީގައި ފަށައިފި

"ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވް' ގެ ނަމުގައި ޤައުމީ ފެންވަރުގެ ބައްދަލުވުމެއް ކ. ދިއްފުށީގައި ފަށައިފިއެވެ.

މި މަހުގެ 17 އިން 19 އަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ "ސަސްޓެއިނެބަލަ އޯޝަން އިނިޝިއޭޓިވް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ ގެ ދަށުން ހިންގާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ސެކްރެޓޭރިއަޓް އޮފް ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ އާއި ގްލޯބަލް އޯޝަން ބަޔޯޑައިވަރސިޓީ އިނިޝިއޭޓިވް (ގޯބީ) ގުޅިގެންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ކަމާގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް ޚިޔާލުތައް ހޯދައި މަޝްވަރާކުރުމާއި ޤައުމީ ފެންވަރުގައި ކޯސްޓަލް އަދި މެރިން އޭރިއާތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އޯޝަން މެނޭޖްމަންޓް އާއި ގުޅޭ ޤައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 33 ބޭފުޅުން ބައިވެރިވެއެވެ.

މިއަދު އޮންލައިން