ޖަޕާނުން ރާއްޖެއަށް އިތުރު 4.6 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ޖަޕާނުން ރާއްޖެއަށް އިތުރު 4.6 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ސޮއިކޮށްފި

ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އުޅަނދު ފަހަރު ގަތުމަށް 4.6 މިލިއަން ޑޮލަރުގެ އެހީއެއް ޖަޕާނު ސަރުކާރުން ދީފިއެވެ. 

ޖަޕާނު ސަރުކާރުންވަނީ ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމަށް އިތުރު 4.6 މިލިއަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ. 

ޖަޕާނުން އެމްއެންޑީއެފްއަށް ދިން އެހީގައި ލޭންޑިންގް ކްރާފްޓެއްގެ އިތުރުން އަލިފާން ނިވާ ބޯޓެއް ގަތުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ އެއްބަސްވުމުގެ ލިޔެކިޔުންތައް، ޖަޕާނު ސަފީރު ކީކޯ ޔަނާއީ ވަނީ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވާފައިވައެވެ. 

މީގެއިތުރުން ޖަޕާނު ސަރުކާރުންވަނީ ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމަށް އިތުރު 4.6 މިލިއަން ޑޮލަރު ނުވަތަ 500 ޖަޕަނީސް ޔެންގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީކޯ ޔަނާއިއެވެ. 

"އަޅުގަނޑުމެންގެ އަމާޒު ހިފަނީ 3 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް. އެގޮތުން ނޫ އިޤްތިޞާދާއި، އުމްރާނީ ތަރައްޤީއާއި، އަމަންއަމާން މުޖުތަމައް ބިނާކުރުން. މި ދާއިރާތަކުން ޖަޕާނުން އަބަދުވެސް އެހީތެރިވާނަން." ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަދައްކަވަމުން ޖަޕާނުގެ ބޮޑު ވަޒީރުގެ ސްޕެޝަލް އެޑްވައިޒަރ ކެންޓާރޯ ސޮނޫރާ ވިދާޅުވިއެވެ.

މިއަދު އޮންލައިން