ޑރ. ފަރްޒާނާ ޚާތޫން (މ.އ ނަޝޭމަން) ގެ ހަދާނުގައި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން އާއި މޯލްޑިވްސް ބްލަޑް ސަރވިސަސް ގުޅިގެން ތައްޔާރުކޮށްފައިވާ ތައުޒިޔާގެ ދަފްތަރު މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތެލަސީމިއާ ވޯޑުގައި ބާއްވައިފިއެވެ.
ޑރ. ފަރުޒާނާއަކީ ތެލެސީމިއާ ސެންޓަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތްކޮށްދެއްވި ޑޮކްޓަރެކެވެ. ގިނަ އަދަދެއްގެ ތެލެސީމިއާ ކުދިންގެ އޯގާތެރި "މަންމަ"އެއްގެ މަޤާމް ޑރ. ފަރުޒާނާ ވަނީ ހޯއްދަވައިފައެވެ.