ގަމުގަ ރީކޯ މޯސަ ހިންގާ ހޮޓަލުގެ ވޭނުގަ ރޯކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ގަމުގަ ރީކޯ މޯސަ ހިންގާ ހޮޓަލުގެ ވޭނުގަ ރޯކޮށްލައިފި

ހައްދުންމަތި ގަމުގައި ރީކޯ މޯސާ މަނިކު ހިންގާ އެމްއޯ ހޮޓަލުގެ ވޭނުގައި ރޯކޮށްލައިފިއެވެ. 

ފުލުހުން ބުނެފައިވަނީ ވޭނުގައި ރޯކޮށްލީ ހޮޓާ ކައިރީގައި ބާއްވާފައި އޮއްވައި ވަގަށް ނަގައިގެން ގެންގޮސް ކަމަށާއި މިހާދިސާގެ ރިޕޯޓޫ ލިބިފައިވަނީ މިރޭ 9.15 ހައިއިރު ކަމަށެވެ ވޯނުގައި ރޯކޮށްލީ މުކުރިމަގު ހައްތެއްޔާއި ދިމާ އަތިރިމައްޗަށް ގެންގޮސްފައި ކަމަށެވެ. 

ވޭން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި ފުލުހުން ގެންދަނީ މައްސަލަ ބަލަމުން ކަމަސް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން