ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމުން ވަކިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމުން ވަކިކޮށްފި

ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރު ވަކިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޣާނިޔާ މިމަގާމުން ވަކިކުރީ މިއަދުއެވެ.

ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އޭނާގެ ފިރިކަލުން އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖޭއެސްސީ ދަނީ ބަލަމުންނެވެ.

މި މަގާމަށް ޣާނިޔާ އައްޔަނު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. 

މިއަދު އޮންލައިން