ބަނގުރާ އުފައްދަން ބޭނުންކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ބަނގުރާ އުފައްދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިޖޫން މަހުގެ 17 ވަނަ ދުވަހުގެ 14:00 ހާއިރު ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ހިތަދޫ ވަލުތެރެ ބަލައިފާސްކުރިއިރު ބަނގުރާ ހުރި 20 ލީޓަރުގެ 14 ހަމާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.