މަޖީދީމަގުން ހިނގާފައި ދިއަ އަންހެނަކަށް ބިދޭސީއަކު ގޯނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މަޖީދީމަގުން ހިނގާފައި ދިއަ އަންހެނަކަށް ބިދޭސީއަކު ގޯނާކޮށްފި

މަޖީދީ މަގުން ހިނގާފައި ދިއަ ދިވެހި އަންހެން ކުއްޖަކަށް މަގުމަތީގައި ހުރި ބިދޭސީއަކު ގޯނާކޮށްފިއެވެ.

މަންޒަރު ފެނުނު މިއަދުނޫހުގެ މުވައްޒިފަކު ބުނީ އަނހެން ކުއްޖަކު ރޮމުން ދިއަ މަންޒަރު ފެނިފައިވާ ކަމަށާއި އޭނާ ހުއްޓުވަން އެތަނުގައި ތިބި މީހުން އުޅުމުން ވެސް މަޑުނުކޮށް ރޮމުން ދިއައީ ކަމަށެވެ. އަދި އެއިރު އެކަންކުރި ބަންގާޅީ ހިފަހައްޓައިގެން ބައަކު އުޅުނު ކަމަށެވެ. "އެމީހުން ބުނީ އަންހެން ކުއްޖާގެ ގައިގެ ގުނަވަންތަކުގައި އަތްލައި ހެދީކަމަށް."

ފުލުހުން ބުނީ އެފަދަ މައްސަލައެއްގައި މިއަދު މެންދުރު 12.08 ހައިއިރު ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައިވާ ކަމަށެވެ.

ރާއްޖޭގެ މަގުމަތި އަމާންކޮށް ޤައުމުގެ އިޤްޠިޞާދު ރަނގަޅުކުރަން ބޭނުންނަމަ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީން ރާއްޖެއިން ބޭރުކުރަން ޖެހޭކަން ފުލުހުންނާއި ސިފައިން ގެންދަނީ ހާމަކުރަމުންނެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ އަމަލީ ފިޔަވަޅެއް އެޅުމަށް ރާއްޖޭގެ ވެރިކަން ކުރާ ސަރުކާރުތަކުން ފާއިތުވި 15 ވަރަކަށް އަހަރު ނުކުޅެދިފައި އޮތުމުން އުފެދޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

މިއަދު އޮންލައިން