އޭސީސީގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 47ސ
އޭސީސީގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ޙަސަން ލުޠުފީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

 

މިގޮތަށް އެކޮމިޓީއަށް ހުށަހެޅީ މިއަދު ބޭއްވި ކޮމިޓީބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ޝަފީޤެވެ. އޭނާ މިގޮތަށް ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޭސީސީގެ މެމްބަރުން ޙާޒިރުކޮށްފައި ތިއްބާ އެބޭފުޅުންގެ ޙާޒިރުގައެވެ. އަޙްމަދު ޢަބްދުﷲ ޝަފީޤުގެ ހުށަހެޅުއްވުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްވަނީ ތާޢީދުކުރައްވާފައެވެ.

 

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީންވަނީ އެސީސީގެ މެމްބަރުންގެ ޙާޒިރީގެ ޚުލާސާ ރިޕޯޓެއް ދެހަފްތާގެ ތެރޭގައި ކޮމިޓީއަށް ހުށަހަޅަން އޭސީސީއަށް އަންގާފައެވެ.

 

މިއަހަރުގެ ފެބްރުއަރީ މަހު، އޭސީސީގެ ރައީސް ހަސަން ލުޠުފީ ޗުއްޓީއަށް ވަޑައިގަތްފަހުން މިހާތަނަށް މަސައްކަތަށް އަދި ނިކުމެވަޑައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން