ނައިބު ރައީސް ފައިޞަލް ނަސީމް ކޮޅުފުށި ކައުންސިލްގެ ރައީސް އާއި ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނައިބު ރައީސް ފައިޞަލް ނަސީމް ކޮޅުފުށި ކައުންސިލްގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ ރައީސް ޙުސައިން ޝާމިލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ވަނީ ކައުންސިލްގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ މަގުބައްތި ޖެހުމުގެ މަޝްރޫޢު ހިންގުމަށް ހުރި ހުރަސްތަކާއި، ސުނާމީއަށްފަހު ސާފުފެން ލިބުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށާއި، ކޮޅުފުށްޓަށް ފެރީގެ ޚިދުމަތް އަލުން ފެށުމުގެ މުހިންމު ކަމާއި ރަށް ގިރުމުގެ މައްސަލައިގެ އިތުރުން، ރަށުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ކައުންސިލްގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން، ކައުންސިލް ރައީސް ފާހަގަ ކުރެއްވެވި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ކައުންސިލްގެ ރައީސަށް ދެއްވާފައެވެ.

މިއަދު އޮންލައިން