ޕެންޝަން އޮފީހުން ޕެންޝަނާބެހޭ ސާވޭއެއް ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ޕެންޝަން އޮފީހުން ޕެންޝަނާބެހޭ ސާވޭއެއް ކުރަނީ!

ތަފާތު ޕެންޝަންތައް ލިބެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން 23 ޖޫން 2019 ވަނަ ދުވަހުން ފެށިގެން 23 ޖުލައި 2019 ވަނަ ދުވަހާ ދެމެދު ޕެންޝަނާބެހޭ ސާވޭއެއް ކުރިއަށް ގެންދިއުމަށް ޕެންޝަން އޮފީހުން ނިންމައިފިއެވެ.

މިސާވޭގެ ބޭނުމަކީ ޕެންޝަން ފޯރުކޮށްދޭ ފަރާތްތަކަށް ޕެންޝަން އޮފީހުން ދެމުންގެންދާ ޚިދުމަތްތަކާމެދު އެ ފަރާތްތަކުން ދެކޭގޮތް ބަލާ، އިތުރަށް ރަގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަނެ، ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުން ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ޕެންޝަން އޮފީހުގެ މިސާރވޭގައި މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ފޯނުން ގުޅައިގެންނާއި، ޕެންޝަން ލިބެމުންދާ ފަރާތްތަކަށް ޒިޔާރަތްކޮށްގެންނެވެ.

މި ސަރވޭ ކުރިއަށްދާއިރު، ޕެންޝަން ލިބެމުންދާ ފަރާތްތަކަށް ޕެންޝަން އޮފީހުގެ ފޯނު ނަންބަރު 1441 އިން ގުޅަމުންދާނެ ކަމަށް  ޕެންޝަން އޮފީހުން ބުނެފައިވެއެވެ. 

މިއަދު އޮންލައިން