ޙައްޖު ކޯޕަރޭޝަނާއި ޕެންޝަން އޮފީހާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 50ސ
ޙައްޖު ކޯޕަރޭޝަނާއި ޕެންޝަން އޮފީހާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޝަރުޠު ހަމަވާ ބައިވެރިންގެ ފައިސާ، ޕެންޝަން އޮފީހުން ދޫކުރާނީ ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް، އަމިއްލަ ގޮތުން ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ %50 ދައްކާފައިވާ ބައިވެރިއެއްގެ ޖާގަ ރިޒާވް ކުރުމަށް އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބޭނުންކުރުމުގެ ފުރުޞަތުވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ. 

 

މިއަދު އޮންލައިން