ހއ. ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް މިއަދު ފުރާވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 33ސ
ހއ. ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް މިއަދު ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާ ވަޑައިގެންފިއެވެ.

 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން އެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ހަމަޖެހިފައި ވެއެވެ.

މިއަދު އޮންލައިން