ޤައިދީއަކު އިސްވެ ހަމަލާދިނީ - ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ ބަލާނަން: ހޯމް މިނިސްޓްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޤައިދީއަކު އިސްވެ ހަމަލާދިނީ - ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ ބަލާނަން: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި މިއަދު ހިނގައި ދިއަ ހާދިސާގައި ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާދީފައިވާކަމަށާއި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފަވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. 

ހޯމް މިނިސްޓްރީން ބުނެފައިވަނީ މިއަދު މާފުށި ޖަލުގައި ހިނގައިދިއަ ހާދިސާ އާއި ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް، މިހާދިސާ އާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ ތަރަހައިގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ. 

މިހަމަލާ އާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނެފައިވަނީ މާފުށި ޖަލުގައި މިއަދު ޤައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި ޖަލުގެ ހާލަތު މިވަގުތުވަނީ އާންމު ހާލަތަކަށްގެނެވިފައި ކަމަށެވެ.

މިއަދު އޮންލައިން