ކޮމިޝަނުގެ ރައީސް ވީތަނެއް ނޭނގޭތާ 2 މަސްވީއިރުވެސް މުސާރަ ދެނީ ހިފެހެއްޓޭނެ ގޮތެއް ޤާނޫނުގަ ނެތުމުން: އޭސީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކޮމިޝަނުގެ ރައީސް ވީތަނެއް ނޭނގޭތާ 2 މަސްވީއިރުވެސް މުސާރަ ދެނީ ހިފެހެއްޓޭނެ ގޮތެއް ޤާނޫނުގަ ނެތުމުން: އޭސީސީ

ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވީތަނެއް އެ ކޮމިޝަނަށް ނޭނގޭތާ 2 މަސްވީއިރުވެސް މުސާރަ ދެނީ ނުދީ ހިފެހެއްތޭނެ ގޮތެއް ޤާނޫނުގައި ނެތުމުން ކަމަށް ކޮމިޝަންގެ ނައިބް ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ލުޠްފީ މިހާރު ކޮބައިތޯ ކުރި ސުވާލުތަކުގެ ޖަވާބުގައި މުޢައްވިޒް ވިދާޅުވީ ލުޠްފީ ވީތަނެއް ނުއެނގޭ ކަމަށެވެ. އަދި ކޮމިޓީގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާތާ 2 މަސް ދުވަސް ވެއްޖެ ކަމަށެވެ. އަދި ލުޠްފީ އާއި ބެހޭ އެއްވެސް ޚަބަރެއްވެސް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. 

މުއައްވިޒް ވަނީ މިނިވަން ކޮމިޝަންތަކުގެ ވެރިން މަސައްކަތު ނުކުމެވަޑައި ނުގެންނެވިނަމަވެސް މުސާރަދޭން ޖެހޭގޮތަސް ޤާނބޫނުގައި އޮންނަ އޮތުން އިޞްލާޙްކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.  

ލުޠްފީގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަނީ ލޯޏްޑްރިންގ މައްސަލަ ޢާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދިފާއުކޮށްދޭން ޤާނޫނާއި ޚިލާފަށް އެތައް މައްސލަތަކެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތު ހިމެނޭކަން ފާހަގަކުރެވެއެވެ. 

ބައްދަލުވުމުގެ އޯޑިއޯ:

 

މިއަދު އޮންލައިން