އިހަވަންދޫގެ ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އިހަވަންދޫގެ ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙްކޮށްފި

އިހަވަންދޫގެ ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙްކޮށްފިއެވެ. މިޚިދުމަތް އެރަށުގައި ތަޢާރްފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫ އަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އިހަވަންދޫގައި މިއަދު އިފްތިތާޙްކުރެއްވި ސްޕީޑް ފެރީގެ ޚިދުމަތަކީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް ދަތުރުކުރާ ފެރީގެ ޚިދުމަތެކެވެ. 

ރަށުގެ ކައުންސިލާއި ބައްދަލުކުރެވުމަށް އިހަވަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި، އިހަވަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ކައުންސިލަރުން އެރުވިއެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުނީގެ މައްސަލައާއި، ރަށުގެ ބަނދަރު ބޮޑުކުރުމާ ބެހޭގޮތުންނާއި އަދި ކައުންސިލުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭންވާކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުންކަމަށާއި، އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.


މިއަދު އޮންލައިން