ޖަލުގެ ހަމަނުޖެހުމާއި ގުޅިގެން މާލޭ ޖަލުގަ ހަޅުތާލުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޖަލުގެ ހަމަނުޖެހުމާއި ގުޅިގެން މާލޭ ޖަލުގަ ހަޅުތާލުކުރަނީ!

ޖަލުގައި ބުރާސްފަތި ދުވަހު ހިނގައިދިއަ ހަމަނުޖެހުމާއި ގުޅިގެން މާލޭ ޖަލުގައިވެސް ޤައިދީންގެ ބައަކު ހަޅުތާލުކުރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ކ. މާފުށީ ޖަލުގައި ހިނގައި ހަމަނުޖެހުމާއި ގުޅިގެން، އެކަން ހިނގާދިޔަގޮތް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާހަގަކުރި ގޮތުގައި އެންމެ މުހިންމީ މިފަދަ ކަމެއް ހިނގަން މެދުވެރިވި ސަބަބު ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ހޯދައި އިތުރަށް މިބާވަތުގެ ކަމެއް ނުހިނގާނެ ގޮތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.  

ކޮމިޓީން ފާހަގަކުރި ގޮތުގައި ޖަލުތަކުގައި ގިނަ ބައަކު ބަންދުކޮށްފައި ތިބުމުން އެއީވެސް ބޮޑު މުޖުތަމައުއެއް ކަމަށާއި އެ މުޖުތަމައުގެ ޙައްޤުތައްވެސް ރައްކައުތެރިކޮށް ނުދެވޭނަމަ ދާނީ އިތުރު މައްސަލަތައް ކުރިމަތިވަމުން ކަމަށެވެ. ހަމަ އެއާއިއެކު ޖަލުގައި ޤައިދީންނަށް އަނިޔާކުރުމުގެ ކަންކަން އަބަދުވެސް އަންނަނީ ހިނގަމުން ކަމަށާއި ތަކުރާރުވަމުން އަންނަނީ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅި އޮންނާތީ ކަމަށެވެ.  

ބުރާސްފަތި ދުވަހު ދިމާވި މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓްރީ އާއި ކަމާއިބެހޭ އިދާރާތަކުން ވަރަށް ޒިންމާދާރުކަމާއިއެކު ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދާތީ މައްސަލަ ހައްލުކުރަން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން ގެންދާކަންވެސް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ޖަލުތަކުގައި ހަމަނުޖެހުން ހިންގުވުމަކީ ސިޔާސީ ބޭނުންތަކަށް އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ޖަލުގެ ބައެއް އޮފިސަރުން ވަނީ މިފަދަ ކަންކަމަށް މަގުފަހިކޮށްދީފައިކަން ކުރީގެ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. 

މިއަދު އޮންލައިން