މޯލްޑިވްސް - ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމް މިމަހު 26 ގައި ދަރުބާރުގޭގައި ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މޯލްޑިވްސް - ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމް މިމަހު 26 ގައި ދަރުބާރުގޭގައި ބާއްވަނީ

މޯލްޑިވްސް - ތައިލެންޑް ބިޒްނަސް މެޗިންގ ފޯރަމް މިމަހު 26 ގައި ދަރުބާރުގޭގައި ބާއްވަން ހަމަޖެހިއްޖެއެވެ. 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ކޮމާސް ގުޅިގެން ބާއްވާ މި ފޯރަމަކީ ރާއްޖޭގެ ވިޔަފާރިތަކާއި ތައިލެންޑްގެ ވިޔަފާރިތަކާ ގުޅުވާލަދީ ތައިލެންޑްގެ ވިޔަފާރިތަކަށް ދިވެހިން އިތުރަށް ފަރިތަކުރުމުގެ ގޮތުން ބާއްވާ ފޯރަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނި ބުނެފައެވެ.

ދަރުބާރުގޭގައި ބާއްވާ މިފޯރަމްގައި ތައިލެންޑުގެ މޭވާއާއި ތަރުކާރީގެ ވިޔަފާރީކުރާ ފަރާތްތަކާއި، ތެލާއި ހަނޑުލުގެ އިތުރުން، ގޭގައި ގެންގުޅޭ ސާމާނާއި ފަރުނީޗަރުގެ ވިޔަފާރިކުރާ ފަރާތްތަކުން ބައިވެރިވާނެއެވެ. 

މިފޯރަމްގައި ބައިވެރިވާން ބޭނުންވާ ދިވެހި ވިޔަފާރީވެރިންނަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

 

މިއަދު އޮންލައިން