މާފުށީ ޖަލުގެ ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީއެސްޖީގެ ކޮމާންޑަރު މިއަދު ސަސްޕެންޑްކުރީ މައްސަލަ ތަހުގީގުކޮށް ނިމެންދެނެވެ.
ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ. މިހަމަނުޖެހުން ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވެއެވެ. އޭގެތެރޭގައި ގޮޅިން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި ލާއިންސާނީ އަނިޔާ ދިނުމާއި ބައެއް މީހުންގެ އަންނައުނުވީދައި ގައިދީއެއްގެ ބޯ ޓްރިމަރަކުން ތުނިކޮށް ކޮށާލުން ހިމެނެއެވެ.
މި ހަމަނުޖެހުމުގައި 6 ގައިދީއަކަށް ވަނީ އަނިޔާ ވެފައެވެ.