އޮމަދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 59ސ
އޮމަދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އދ. އޮމަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

 

އދ. މަހިބަދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހަކު މާލެއިން ފުރައިގެން އދ. އޮމަދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޖޫން 20 ވަނަ ދުވަހު 21:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި، އެދޯނިި އޮމަދުއާއި ގާތްކުރުމުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ދެޕެކެޓު ފެނިފައިވެއެވެ.

 

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން