ރާއްޖެއަށް ނިސްބަތްކޮށް މަޝްހޫރު ކުންފުންޏަކުން އަތްދަބަސް އުފައްދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ރާއްޖެއަށް ނިސްބަތްކޮށް މަޝްހޫރު ކުންފުންޏަކުން އަތްދަބަސް އުފައްދައިފި

ރާއްޖެއަށް ނިސްބަތްކޮށް މަޝްހޫރު ދަބަސް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސްޓޭޓް އޮފް އެސްކޭޕް އިން އަތްދަބަސް އުފައްދައިފިއެވެ.

ސްޓޭޓް އޮފް އެސްކޭޕް އިން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ "ވަން އެންޑް އޮންލީ ރީތި ރަށް" މި ރިސޯޓުގެ ނަމާއި، ދިވެހިރާއްޖޭގެ ނަން ހިމަނައިގެން އުފައްދާފައިވާ މި އަތްދަބަހުގައި ރާއްޖޭގެ މާހައުލުން ފެނިގެންދާ ވިލު ނޫކުލައާއި، ރާއްޖޭގެ ރީތި ދޮންވެލިގަނޑުގައި ހުންނަ ހުދު ކުލައާއި، އަދި އުޑުގެ ނޫކުލަ ހިމެނެއެވެ.

ސްޓޭޓް އޮފް އެސްކޭޕް އިން ބުނެފައިވަނީ މި އަތްދަބަހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ހަދިޔާއަކަށް ވާނެ ކަމަށާއި އަދި އެމީހުން ރާއްޖެ އައިސް ހޭދަކުރި ދުވަސްތަކުގެ ހަނދާނެއްގެ ގޮތުގައި މި ދަބަސް ބޭނުން ހިފޭނެ ކަމަށެވެ.  

މީގެ އަތްދަބަހެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 227 ޑޮލަރެވެ.

މި އަތްދަބަސް ސްޓޭޓް އޮފް އެސްކޭޕްގެ ވެބްސައިޓުންނާއި ރީތި ރަށް ރިސޯޓުން ގަންނަން ލިބޭނެއެވެ.

 

މިއަދު އޮންލައިން