ޝާއިމް ފެނޭތޯ އަދިވެސް މިދަނީ ބަލަމުން: ފުލުހުން

ކިޔުމަށް ހޭދަވާނީ 45ސ
ޝާއިމް ފެނޭތޯ އަދިވެސް މިދަނީ ބަލަމުން: ފުލުހުން

މިމަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝާއިމް އަބްދުﷲ ފެނޭތޯ އަދިވެސް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ދަފްތަރު ނަންބަރު ރސ 2997، ޝާއިމް އަބްދުﷲ ގެއްލިގެން، އޭނާ ހޯދަމުން އަންނަ ކަމަށް ފުލުހުން އިއުލާން ކޮށްފައިވަނީ މިހިނގާ ޖޫން މަހުގެ 20 ވީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އަދިވެސް އޭނާ ފެނިފައިނުވާ ކަމަށާއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ޝާއިމް ގެއްލިފައިވަނީ މާލެއިން ކަމެއް ނުވަތަ އަތޮޅުތެރެއިން ކަމެއް ވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. ހަމައެކަނި އެދިލައްވާފައިވަނީ އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކުރައްވާ އެމައުލޫމާތު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށެވެ.

މިއަދު އޮންލައިން