ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ރިސޯޓަކުން ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ރިސޯޓަކުން ހައްޔަރު ކޮށްފި

ރ. މީދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ރިސޯޓަކުން ހައްޔަރުކޮށްފިއެވެ.

 

ފުލުހުން ބުނީ، ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހެއް ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ހިންގި މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، އެރިސޯޓުގައި މިމީހާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 164 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެހެން ނަވެސް ރިސޯޓުގެ ނަމާއި މީހާގެ ނަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

 

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ވަނީ ޖަހާފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

 

މި މައްސަލަ މީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން