ރިސޯޓަކުން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
ރިސޯޓަކުން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު  ހައްޔަރުކޮށްފި

 ރ. މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެކެވެ. ޖޫން 21 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، އެރިސޯޓުގައި މިމީހާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ހުރި 164 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިއަދު އޮންލައިން