ޢާންމު ފާޚާނާއެއްގަ މަރުވެފަ އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ޢާންމު ފާކާނާއެއްގައި މަރުވެފައި އޮތީ އުމުރުން 54 އަހަރުގެ މީހެއް ކަމަށާއި އޭނާ ގެންދެވުނު އޭޑީކޭ ހޮސްޕިޓަލުން އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތުދީފައިވާ ކަމަށެވެ. އަދި އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިމީހާ މަރުވެފައި އޮއްވައި ފެނިފައި ވަނީ ހެނދުނު 10.35 ހައި އިރު ކުރަނގި ގޯޅީގައި ހުންނަ ޕޭ ޓޮއިލެޓުންނެވެ.