މަޖީދީދީ މަގުގައި ހުންނަ ރެޑްވޭވް ފިހާއިން ވަގަށް ނެގި ރީތިވާ ސާމާނުތަކެއް (ކޮސްމެޓިކްސް) ހޯދައި ވައްކަންކުރި 2 އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވަގަށް ނެގި ތަކެތި ފިހާރަ އާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިކަން ރިޕޯޓްކޮށްފައިވަނީ ރޭ 10.10 ހައިއިރު ކަމަށެވެ.
ފިހާރައެއްގައި މީހަކަށް ބޭއްވިފައި އޮތް ވޮލެޓެއް ވަގަށް ނެގި ދެމަފިރިއަކު، އެމީހުން ވައްކަންކުރި ވީޑިއޯ ޢާންމުކުރުމުން މިހާރު ވަނީ ވޮލެޓް ފުލުހުންނާއި ހަވާލުކޮށްފައެވެ. ނަމަވެސް މިކަމުގައި އެއްވެސް މީހަކު ބަންދުކުރި ކަމަކަށް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.