މައްސަލަތައް ހުޅުވާލައިގެން ކުރިއަށް ގެންދާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން މަރުހަބާ ކިޔައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
މައްސަލަތައް ހުޅުވާލައިގެން ކުރިއަށް ގެންދާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން މަރުހަބާ ކިޔައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާތީ ފަނޑިޔާރުންގެ ޖަމިއްޔާ އިން މަރުހަބާ ކިޔައިފިއެވެ.

މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހިތްވަރުދީ، ފަނޑިޔާރުންގެ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފަ އެވެ.

ފަނޑިޔާރު ޑީޑީގެ އިތުރުން ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލާގެ އަޑުއެހުން ވެސް އާންމުކޮށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

މިއަދު އޮންލައިން