ހެނބަދޫ އާއި މީދޫ ބަނދަރުގެ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހެނބަދޫ އާއި މީދޫ ބަނދަރުގެ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ނ. ހެނބަދޫ އަދި ސ. މީދޫ ބަނދަރުގެ މަސައްކަތްތަކެއް ކުރަން ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެއެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެމްޓީސީސީއާ ހަވާލުކުރީ ނ. ހެނބަދޫގެ ބަނދަރު އަދި ސ. މީދޫ ބަނދަރުގެ މަސައްކަތެވެ. ހެނބަދޫގެ ނެރު ފުންކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރުމާއި ބޭރު ތޮށި ޖެހުމައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ. މަޝްރޫއުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ.

މީދޫ ބަނދަރުގައި ބޭރު ތޮށި ޖެހުމާއި އެއްގަމު ތޮށި ހެދުމާއި ބަނދަރު ފުންކުރުމާއި ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓު ޖަހަން ޖެހެ އެވެ. އެއް އަހަރު ދުވަހުން ނިންމަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ށ. ނޫމަރާގެ ބޭރު ތޮއްޓާއި ނެރު ބައްތި އަދި ގްރޮއިން ޖަހަން ވެސް ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެއް އަހަރުގެދުވަހުގެ ތެރޭގައި މަޝްރޫއު ނިންމަން ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 9.9 މިލިއަން ރުފިޔާ އަށެވެ. 

 

މިއަދު އޮންލައިން