ޝައިމް ގެއްލުނު މައްސަލަ އަރަތަކަށް!: ގެއްލުނީ ކުޑަކުދިންގެ ހިޔާއިން - ހުރީ ދައުލަތުގެ ބެލުމުގެދަށަކު ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޝައިމް ގެއްލުނު މައްސަލަ އަރަތަކަށް!: ގެއްލުނީ ކުޑަކުދިންގެ ހިޔާއިން - ހުރީ ދައުލަތުގެ ބެލުމުގެދަށަކު ނޫން!

ގެއްލިގެން ހޯދަމުންދާ ޝައިމް ގެއްލުނު މައްސަލަ އަރަތަކަށް ވެއްޖެއެވެ. ޝައިމް ގެއްލުނީ ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުން ގެނަދާ ކުޑަކުދިންގެ ހިޔާއިން ކަމަށް ޖެންޑަރ މިނިސްޓްރީން އެއްބަސްވެއެވެ. ނަމަވެސް އޭނާ ހުރީ ދައުލަތުގެ ބެލުމުގެދަށުގައި ކަމަކަށް އެއްބަހެއް ނުވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނަނީ ޝައިމް އަކީ އެސެސްމަންޓް ހަދަން ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު ކުއްޖެ ކަމަށެވެ. ސުވާލަކީ ވަގުތީ ގޮތުން ނަމަވެސް ކުޑަކުދިންގެ ހިޔާއަށް ގެންދެވުމުން ކުއްޖާ ހުންނާނީ ކޮން ފަރާތެއްގެ ބެލެނިވެރިކަމުގެ ދަށުގައިކަމެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލުނު މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައި، މާދަމާ މެންދުރު 12:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ. އެހެންކަމުން އަރަތުގެ ޖަވާބު މާދަމާ ލިބޭނެ ކަމަށް ބެލެވެއެވެ. 

ފުލުހުން މިރޭ ބުނެފައިވަނީ ޝައިމް ހޯދަން ކުރަމުން ގެންދާ މަސައްކަތުގެދަށުން މިހައިތަނަށް  3 ގެއެއް ބަލައި ފާސްކޮށްފައި ކަމަށާއި އަދި ސީސީޓީވީ ފުޓޭޖު ބަލައިގެން ވެސް ޝައިމް  ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޝައިމް ގެއްލިފައިވަނީ އަންގާރަ ދުވަހުއެވެ. ޖެންޑަރ މިނިސްޓްރީން ވަނީ ކުޑަކުދިންގެ ހިޔާ ބަދުނާމުވާ ފަދަ ވާހަކަތައް ޢާންމު ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން