ޢާއިލާގެ ތާއީދާއެކު ކައިވެނީގެ ބޭރުން 16 އަހަރުގެ އަންހެން ކުއްޖަކު 15 އަހަރުގެ ފިރިހެން ކުއްޖަކަށް ވިހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޢާއިލާގެ ތާއީދާއެކު ކައިވެނީގެ ބޭރުން 16 އަހަރުގެ އަންހެން ކުއްޖަކު 15 އަހަރުގެ ފިރިހެން ކުއްޖަކަށް ވިހައިފި

މެދުރާއްޖެތެރޭގެ ރަށެއްގައި ކައިވެނީގެ ބޭރުން 16 އަހަރުގެ އަންހެން ކުއްޖަކު 15 އަހަރުގެ ފިރިހެން ކުއްޖަކަށް ވިހައިފި އެވެ. މީގެ 14 ދުވަސްކުރިން ވިހެއި މައިމީހާ މިދިއަ އަހަރު ވަނީ އޯލެވެލް ހަދައިފައެވެ. އަންހެން ކުއްޖާ އާއި ޒިނޭކޮށް ދަރިއަކު ހޯދިކަމަށް ތުހުމަތު ކުރެވޭ ފިރިހެން ކުއްޖާ މިއަހަރު އޯލެވެލް ހަދާނެއެވެ.

"އަންހެން ކުއްޖާ އާއި ޒިނޭކޮށް ދަރި ހޯދިކަމަށް ތުހުމަތު ކުރެވޭ ފިރިހެން ކުއްޖާ" މި ގޮތަށް ލިޔަން ޖެހުނީ އެފަދަ ކަމެއް ކުރި ކުއްޖަކަށް ނުވަތަ މީހަކަށް ކިޔާނެ ނަމެއް ދިވެހި ބަހުގައި ނެތުމުންނެވެ. "ބަފާ" ނުވަތަ ބައްޕަގެ މާނައިގައި އޮންނަނީ "އެމީހަކަށް ދަރިއަކު އުފަންވީ ކަމަށް ޝަރީޢަތް ޤަބޫލުކުރާ ފިރިހެން މީހާ" އެވެ.

ހަމަ އެއާއިއެކު ކައިވެނީގެ ބޭރުން ދަރިން ހޯދާ މީހުންނަކީ ބައްޕައިން ކަމުގައި ލިޔަން އިސްލާމް ދީން ހުއްދައެއް ނުކުރެވެ. އެކަން މިއަދު ވަނީ ބައެއް ޝައިޚުންނާއި އިސްލާމިކް މިނިސްޓްރީންވެސް ޔަޤީންކޮށްދިފައެވެ.

މިކަމާއި ގުޅިގެން ވީނިޔުސްގައި ހާމަކޮށްފައިވެއެވެ: "ވިހެއި ކުއްޖާގެ ބައްޕައަކީ 15 އަހަރުގެ ކުއްޖެއް ކަމަށާއި އެކުއްޖާ މިއަހަރު އޯލެވެލް ހަދާނެ ކަމަށް ވީނިއުސްއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ. ޝަރުއީ ހުކުމެއް އަދި ނާންނާތީ ފިރިހެން ކުއްޖާ ސްކޫލަށް ނިކުންނަ ކަމަށާއި ފިރިހެން ކުއްޖާ ވަނީ އަންހެން ކުއްޖާ ވިހާފައި ވަނީ އޭނާގެ ދަރިއެއް ކަމަށް އެއްބަސް ވެފައި ކަމަށްވެސް ވީނިއުސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ އިތުރަށް ދަރިފުޅަށް ނަން ކިޔުމުގެ ކަންކަމުގަޔާއި ވިހެއުމުގެ ކަންކަމުގައިވެސް ދެ ފަރާތުގެ އާއިލާއިންވެސް އުޅެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. "

މިކަމުން އެނގިގެންދަނީ ދަރިން ޒިނޭ ކުރުމަކީ މިއަދު މައިންބަފައިންގެ ތާއީދާއި އެއްބާރތުލުމާއިއެކު ކުރަމުން ގެންދާ ކަމެއް ކަމެވެ. އަދި ޒިނޭކޮށް ފުލުފުލުގައި ދަރިން ހޯދި ނަމަވެސް އެ އަންހެނަކީ 18 އަހަރު ފުރެންދެން ކުޑަކުއްޖަކު ކަމަށް ޤާނޫނުގައި ލިޔެ ފާސްކޮށް ހިމާޔަތްދީފައި އޮތުމަކީ ޤާނުނު އެކަމަށް ދޭ ހިތްވަރު އެނގިގެންދާ ކަމެކެވެ.

މިކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރަން ފެށުމުން ޖެންޑާ މިނިސްޓްރީން ބުނީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް އެރަށު ހޮސްޕިޓަލުން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މައްސަލާގައި ހިމެނޭ މަންމައާއި ދަރިފުޅަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ އެހީތެރިކަން އާއިލާއާ ގުޅިގެން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި މައްސަލަ އެރަށު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މި ދިޔަ މެއި މަހުގެ ތެރޭގައި 15 އަހަރުގެ ކުއްޖަކު ވެސް ވަނީ ވިހާފައެވެ. އެފަހަރު އަންހެން ކުއްޖާ ވިހެއި ދަރިފުޅު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން