ތިނަދޫ މެޖިސްޓްރޭޓް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ތިނަދޫ މެޖިސްޓްރޭޓް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު، މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި ކަމަށް ޖޭއެސްސީ އިން ބުނެފިއެވެ. އިބްރާޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ބަދުއަޚްލާޤީ މައްސަލައެއް ބަލަމުންދާކަން ޖޭއެސް އިން ވަނީ ކުރިން ހާމަކޮށްފައެވެ.

މި މައްސަލައިގައި މަޖިލީހުގައި ވޯޓަށް އަހައިފިނަމަ އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތުމުން އެމްޑީޕީ ބޭނުންވާ ގޮތަކަށް މައްސަލަ ނިންމޭނެއެވެ. މަޖިލީހުގެ ތިންބައި ކުޅަ ދެބައި ވޯޓޫހަމަކުރަން ބޭނުންވާނީ 57 ވޯޓެވެ. އެމްޑީޕީ ބޭނުންވާ ގޮތަށް ވޯޓު ދޭނެ 70 އަށްވުރެ ގިނަ މެންބަރުން އެބަތިބިކަން ފާހަގަކުރެވެއެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލެން ފެށުމުން ތަފާތު މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ކޯޓު ރޫމުގައި ޤާޟީއަކު ކޮސްފައިވާ "ލޯބީގެ އާދޭސް"ގެ އޯޑިއޯ މިއަދުނޫހަށް ވެސް ވަނީ ލިބިފައެވެ. މިނޫންވެސް ތަފާތު ގިނަ މައްސަލަތަކެއް މިހާރުވެސް ވަނީ ފެންމަތިވެފައެވެ.

މިއަދު އޮންލައިން