ރޯޑް ސޭފްޓީ ހަފްތާ ފާހަގަކުރުމަށް މީދޫގައި ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ކިޔުމަށް ހޭދަވާނީ 58ސ
ރޯޑް ސޭފްޓީ ހަފްތާ ފާހަގަކުރުމަށް  މީދޫގައި ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ރޯޑް ސޭފްޓީ ހަފްތާ ފާހަގަކުރުމަށް ދ. މީދޫގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މީދޫ ޕޮލިސް ސްޓޭޝަނާއި މީދޫ ހެލްތު ސެންޓަރު ގުޅިގެން މި ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތުދީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ދައްކުވައިދޭ ސީންތަކެއް ތައްޔާރުކޮށް އެކްސިޑެންޓެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުދިނުމާއެކު ހަރަކާތްތަކެއް ކުރިއަަށް ގެންގޮސްފައިވެއެވެ.  އަދި އެކްސިޑެންޓްގައި އަނިޔާލިބޭ މީހުންނަށް އެންމެ ފުރަތަމަ ދޭނެ ފަރުވާއާއި އެމީހާ އުފުލާ ހެދުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަދި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މީދޫ ކައުސިލްއާއި ސްކޫލްގެ ފަރާތުން ވަރަށް ބޮޑުއެއްބާރުލުމެއް ލިބިފައިވެއެވެ

މިއަދު އޮންލައިން