އިހަވަންދޫގައި ބިދޭސީން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 46ސ
އިހަވަންދޫގައި ބިދޭސީން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް  އަހުލުވެރި ކުރުމަށް  ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބިދޭސީން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ހއ. އިހަވަންދޫގައި ކުރިޔަށް ގެންގޮސްފިއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޖޫން 23 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުން ބިދޭސީންނަށް މަޢުލޫމާތުދީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.

އަދި ބިދޭސީން ބައިސްކަލު ދުއްވުމުގައި ޤަވާއިދާ އެއްގޮތައް އަމަލުކުރޭތޯ ބަލައިފައިވެއެވެ. އެގޮތުން ބައިސްކަލު ދުއްވާއިރު ބައިސްކަލުގައި ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި ބައިސްކަލުގައި މުދާ އުފުލުމުގައި  ސަމާލުކަންދޭންޖެހޭ ކަންކަމާއި އަމަލުކުރަންޖެހޭ ގޮތްތައް ބުނެދީފައިވެއެވެ.

އަދި ބައިސްކަލު ދުއްވަމުން ފޯނު ބޭނުން ނުކުރުމަށާއި ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައްތި ދިއްލައިގެން ދުއްވުމަށް ނަސޭޙަތްތެރިވެފައިވެއެވެ.

މިއަދު އޮންލައިން