މޫނު ނިވާ ކޮށްގެން ތިބެ ރެޑްވޭވް ފިހާރައަކުން ވައްކަންކުރި ދެ އަންހެނުން ކޯޓުން ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 40ސ
މޫނު ނިވާ ކޮށްގެން ތިބެ ރެޑްވޭވް ފިހާރައަކުން ވައްކަންކުރި ދެ އަންހެނުން ކޯޓުން ދޫކޮށްލައިފި

މިމަހުގެ 22 ވީ ހޮނިހިރު ދުވަހުގެ ރޭ 22:10 ހާއިރު ރެޑް ވޭވް ފިހާރައަކުން، މޫނު ނިވަ ކޮށްގެން ތިބެ ވައްކަން ކުރި ދެ އަންހެނުން، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެރޭ ހައްޔަރު ކުރެވުނު ދެ އަންހެނުން މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ބަންދުގައި އިތުރަށް ބޭތިއްބުމަށް ނުފެންނަ ކަމަށް ނިންމުމަށްފަހުއެވެ.

އެދެއަންހެނުން ވައްކަން ކޮށްފައިވަނީ މަޖީދީމަގުގައި ހުންނަ ގަލޮޅޮ ރެޑްވޭވް ފިހާރައިންނެވެ. ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރީތިވާ ސާމާނުތަކެއް އެރޭ އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ވެސް ފުލުހުން އެއިރު މައުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން