ޕެންޝަނުން ފައިސާއިން ހައްޖުވުމަށް ނެގޭވަރު އައްޑިހަ ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ޕެންޝަނުން ފައިސާއިން ހައްޖުވުމަށް ނެގޭވަރު އައްޑިހަ ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއިސްލާހުގައި ވާގޮތުން ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 50 ޕަސެންޓުން 80 ޕަސަންޓަށް ވަނީ ބޮޑުކޮށްފައެވެ.

މިއިސްލާހު ފާސްވީ 67 މެންބަރުންގެ ވޯޓާއެކުއެވެ.

ޕެންޝަން ފަންޑުން ޙައްޖުވުމަށް ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށެވެ.

ޕެންޝަން އޮފީހުން ބުނެފައިވަނީ ޕެންޝަން ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް ފައިސާ ހުރީ 6000 މީހުންގެ ކަމަށެވެ.

 

މިއަދު އޮންލައިން