މާލީ ހާލަތު މިއަހަރު ރަނގަޅުވާނެ: އެމްޓީސީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާލީ ހާލަތު މިއަހަރު ރަނގަޅުވާނެ: އެމްޓީސީސީ

ކުރިއަށް ހުރި ކުއާޓަރުތަކުގައި ކުންފުނީގެ ފައިދާ ރަނގަޅުވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރީންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީން ހިންގާނެ ރަނގަޅު ޕްރޮޖެކްޓެއް ނެތް ކަމަށާއި އެހެންނަމަވެސް މިހާރު އެކުންފުނިން 24 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާއިރު މީގެތެރެއިން 13 ޕްރޮޖެކްޓެއް މިހާރު ނިމިފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިހާރު އެ ކުންފުންޏަށް ރަނގަޅު ޕްރޮޖެކްޓުތައް ލިބެމުން އަންނަ ކަމަށެވެ. އަދި މިއަހަރު ނިމޭއިރު ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. 

މީގެއިތުރުން ޝާހު ވިދާޅުވީ އެމްޓީސީއަށް ލިބެންޖެހޭ 300 މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށާއި މީގެ ސަބަބުން ކުންފުނީގެ ދަރަނި 600 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

އެމްޓީސީސީ ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

 

 

މިއަދު އޮންލައިން