ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޣާޒީ އަބްދުލްބާރީ ޔޫސުފް ގެ ބައްޕާފުޅު، ބ. ކެހެންދޫ، މޯނިންގ ހައުސް/ ޔޫސުފް ޙުސެއިން (ދޮން ޔޫސުފް) މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
ޔޫސުފް ޙުސެއިން ނިޔާވީއިރު އެބޭފުޅާގެ އުމުރުފުޅަކީ 86 އަހަރެވެ. އަދި އެބޭފުޅާގެ އަނތްބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ.

ޔޫސުފް ޙުސެއިން އަކީ ރާއްޖޭގައި ދިވެހި ބޭސްވެރިކަމަށް ނުހަނު ބޮޑު އިންގިލާބެއް ގެނެސްދެއްވި ބޭސްވެރިއެއް ވެސް މެއެވެ.
އެގޮތުން އެދާއިރާއިން އެބޭފުޅާއަށް އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ 2007 ވަނަ އަހަރުއެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރުއެވެ.
މާތް ﷲ އެމަރްޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަހްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި، އާމީން. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާ ހިތްވަރުގަދަ ކުރައްވާށި. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ