ކަނޑިއަކާ ތޫނު ހަތިޔާރާއެކު މަރަދޫއިން ދެ މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
ކަނޑިއަކާ ތޫނު ހަތިޔާރާއެކު މަރަދޫއިން ދެ މީހަކު ހައްޔަރު ކޮށްފި

ކަނޑިއަކާއި ތޫނު ހަތިޔާރާއެކު އައްޑޫ ސިޓީ މަރަދޫއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެދެމީހުން ހައްޔަރު ކުރީ މަރަދޫ ގައި ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު މެންދުރު 11:30 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެރަށުގައި ހުރި ގެއެއް ބަލައިފާސް ކުރިއިރު މިހަތިޔާރުތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

އެގެ ބަލައިފާސްކުރި އިރު ފެނިފައިވަނީ 1 ކަނޑި އާއި، 3 ވަޅި އާއި، 1 ތިލަ އާއި، އިންޖެކްޝަނެއްގެ އިތުރުން، 1 ފިޔޮއްސާއި އަދި އެއް މާސްކެވެ. މީގެއިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި 6 ރަބަރު ޕެކެޓު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގައި މަރަދޫއިން ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރާއި 23 އަހަރުގެ މީހެކެވެ.

މިއަދު އޮންލައިން