ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަނީ!

ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިގޮތަށް ނިންމާފައިވަނީ މަޖިލީހުން އެކަމަށް އެދުމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީއާ އެކު ވީހާ ވެސް އަވަހަށް ފެށުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ފަނޑިޔާރުންގެ ގާބިލްކަން ވަޒަން ކުރުމުގެ އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށާއި ފަނޑިޔާރުންގެ ފަނެވަރު ނުބަލާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން