ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމީދޫން ހަތަރު މީހުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމީދޫން ހަތަރު މީހުން ހައްޔަރުކޮށްފި

އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެފިރިހެނެކެވެ. މިހަތަރު މީހުންނަކީވެސް ދިވެހިންނެވެ. ޖޫން 23 ވަނަ ދުވަހުގެރޭ 20:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށް މިމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 104 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް އައްޑޫސިޓީ ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 20 އަހަރުގެ އަންހެންމީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި 27 އަހަރުގެ މީހާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން 15 ދުވަހު ޖަލުގައި ބަންދުކުރުމަށްވަނީ އަމުރުކޮށްފަވެއެވެ.

މިއަދު އޮންލައިން