އޭސީސީގެ ރައީސް ޙަސަން ލުޠްފީ އޭސީސީގެ ރައީސްކަމުން ވަކިކުރަން މަޖިލިސް ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ މަޤާމަކަށް އައްޔަނުކުރުމުން އެމީހެއްގެ ޚިދުމަތް ނުދޭނަމަ މަޤާމުގައި ބަހައްޓައިގެން ނުވާނެއެވެ.
ހަސަން ލުޠްފީ ކޮމިޝަނުގެ އެއްވެސް ބައްދަލުވުޔމެއްގައި ބައިވެރިވެވަޑައިނުގަންނަވާތާ މިހާރު ވަނީ 2 މަސް ދުވަސްފައިކަމަށާއި މުސާރަ ނަންގަވާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އަދި އެކަމަށް ހުރި ޤާނޫނީ މައްސަލަތައް ހައްލުކޮށްދިނުމަށްވެސް މަޖިލީހުގައި ވަނީ އެދިފައެވެ.