އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން ވަނީ އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފަ: ކަރެކްޝަންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން ވަނީ އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފަ: ކަރެކްޝަންސް

މާފުށީ ޖަލުގައި ރޭ ނުކިޔަމަންތެރިވިި ހުރިހާ ގައިދީން ގޮޅިތަކަށް ވެއްދުމަށް ބާރުގެ ބޭނުންކޮށް އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފައިވާކަމށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމަށް ފަހު ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކުރުމާއި އެ އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ޖަލުގެ ގަވާއިދުތަކަށް ބޯނުލަނބައި މުޅި ޖަލުގެ މަސްލަހަތު ގެއްލެމުންދާ ކަމަށެވެ. އެހެންވެ ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް، ނުކިޔަމަންތެރިވި ހުރިހާ ގައިދީން ގޮޅިތަކަށް ވައްފާއިވާ ކަމަށާއި އޮޕަރޭޝަން ހިންގަން ފެށުމުން ގިނަ ގައިދީން ވަނީ އަމުރަށް ކިޔަމަންތެރިވެ، ގޮޅިތަކަށް ވަދެފައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ގައިދީން ގޮޅިތަކަށް ވެއްދުމަށްޓަކައި ޕެޕަ ސްޕްރޭ ވަނީ ބޭނުންކޮށްފައެވެ.

މިދިޔަ ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެކަޕް ޓީމެއް މާފުށީ ޖަލުގައި ތައްޔާރީ ހާލަތުގައި ވަނީ ބައިތިއްބައިފަ އެވެ. އަދި ރަށުތެރެ ބެލެހެއްޓުން ވެސް ވަރުގަދަކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިއަދު އޮންލައިން