ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ!

ބަހްރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަން އިއުލާނުކޮށްފިއެވެ.

ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯގައި ޓްރާންސިޓް ކޮށްފައެވެ.

ގަލްފް އެއާ އިން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުގައި އޮކްޓޫބަރު 26 ވަނަ ދުވަހުގެ ރޭ 11:20 ގައި ބަހްރެއިން އިންޓަނޭޝަނަލް އެއާޕޯޓުން ކޮލަމްބޯ އަށް ދާނެ އެވެ. އަދި ހެނދުނު 6:25 ގައި ކޮލަމްބޯ އަށް ޖެއްސުމަށް ފަހު، 7:25 ގައި ރާއްޖެ އަށް ފުރާނެ އެވެ. ރިޓާން ފްލައިޓްގެ ދަތުރު އެ ދުވަހުގެ ހަވީރު 4:55 ގައި ފަށާނެ އެވެ.

ގަލްފް އެއާ އިން ރާއްޖެ އަށް ދަތުރު ކުރުމަށް ބޭނުންކުރާނީ އެއާބަސް އޭ230 ނިއޯ މަރުކާގެ ބޯޓެކެވެ.

މިއަދު އޮންލައިން