ދުބާއީގެ ވަލީއަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން އެބަގެންދަވައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ޝައިޚް ހަމްދާން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ވެލާ ޕްރައިވެޓް އައިލެންޑްގައެވެ.
ޝައިޚް ހަމްދާން ރާއްޖޭގައި ނަންގަވާފައިވާ ވީޑިއޯއެއް ޓްވިޓާގައި އޭނާވަނީ ހިއްސާކޮށްފައެވެ. އަދި އޭނާގެ އިންސްޓްގްރާމްގައި ވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ.
ވެލާ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގައި އޮންނަ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓެވެ.