އދ.މަހިބަދޫގައި ރޯޑްސޭފްޓީ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.
މަހިބަދޫ ޕޮލިސް ސްޓޭޝަނުން ޖޫން 25 ވަނަ ދުވަހު ކުރިޔަށް ދިޔަ މިހަރަކާތަކީ ސަރުކާރުން ކުރިޔަށް ގެންދާ ރޯޑް ސޭފްޓީ ސޯޝަލް މީޑިއާ ކެންޕެއިން ހަރަކާތުގެ ތެރެއިން ކުރިޔަށް ދިޔަ ހަރަކާތެކެވެ.
މިހަރަކާތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުންނާއި މަގުމަތީ ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަހިބަދޫގެ އާއްމު ރައްޔިތުންނަށާއި މަހިބަދޫގައި ހުންނަ ސަރުކާރު މުވައްސަސާތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.
މިހަރަކާތް ކުރިޔަށް ގެންދިޔުމުގައި މަހިބަދޫގެ ސަރުކާރު މުއައްސަސާތަކުންނާއި އާއްމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.