މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ މީހަކު ހައްޔަރުކޮށްފި

 އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު  މީހަކު  އައްޑޫ ސިޓީ ފޭދޫން ހައްޔަރުކޮށްފިއެވެ.

މިމައްސަލާގަ ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ.

ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 25 ވަނަ ދުވަހުގެ 22:45 ހާއިރު ހިންގި މިއޮޕަރޭޝަނުގައި އެރަށު މަގުމަތިން  މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިއަދު އޮންލައިން