ގަމުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 33ސ
ގަމުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ލ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ލ.އަތޮޅު ފެރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެެންެ  ހިންގި  މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެކެވެ.

 ޖޫން 25 ވަނަ ދުވަހު 15:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި ގަމު ބަނދަރުގައި އޮތް ފެރީއަށް ފުލުހުން އަރައި މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ފެރީގައި އިށީދެ އިން ގޮޑީގެ ކަވަރު ކަފާފައި އިން ބައިގެ ތެރެއިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން