އޭސީސީގެ ރައީސް ޙަސަން ލުޠްފީ އޭސީގެ ރައީސްކަމުން އިސްތިޢުފާ ދީފި އެވެ. އޭނާ މަޤާމުން އިސްތިއުފާދީފައިވަނީ އިއްޔެ (އަނގާރަ) ދުވަހުއެވެ.
ލުޠްފީ މަޤާމުން އިސްތިއުފާ ދިނީ މަޤާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މަޖިލީހުގެ ކޮމިޓީގެ އިއްތިފާޤުން ނިންމާފައިވަނިކޮށެވެ.
ޙަސަން ލުޠްފީ ކޮމިޝަނުގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގަންނަވާތާ 2 މަސް ދުވަސްވެފައިވާއިރު އުޅުއްވާ ތަނެއްވެސް ކޮމިޝަނަށް އަންގަވާފައި ނުވާކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
ޙަސަން ލުޠްފީގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީނު ހިންގެވި ކޮރަޕްޝަނުގެ މައްސަލަތަކަސް އެހީތެރިވެދެއްވައި ފޮރުވަން މަސައްކަތް ކުރެއްވުމާއި މަނީ ލޯޏްޑްރިންގގެ މައްސަލަތައްވެސް ހިމެނެއެވެ.