ބައިނަލްއަޤްވާމީ ގޮތުން "މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް" ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލެ އަތޮޅު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެން މަސްތުވާތަކެތި ނައްތާލުމަށް ހިންގި ހަރަކާތް ބައްލަވާލައްވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚާއްޞަ އިސްނެންގެވުމާއެކު ކުރިއަށްގެންދި މި ހަރަކާތުގައި ވަނީ ފުލުހުން ހޯދާފައިވާ މަސްތުވާތަކެތީގެ ތެރެއިން ގާތްގަނޑަކަށް 3165 މައްސަލައަކާއި ގުޅުންހުރި މަސްތުވާތަކެތި ނައްތާލައިފައެވެ.
މި މަސްތުވާތަކެއްޗަކީ ޖެނުއަރީ 2014 އިން ޖޫން 2019 ގެ ނިޔަލަށް ފުލުހުން ހޯދާފައިވާ ބައެއް ތަކެއްޗެވެ.