ވީއައިއޭ ގެ އާ ޓާމިނަލްގެ މަސައްކަތަށް ބަދަލުތައް ގެނެސް އަލުން ފަށަނަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ވީއައިއޭ ގެ އާ ޓާމިނަލްގެ މަސައްކަތަށް ބަދަލުތައް ގެނެސް އަލުން ފަށަނަނީ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރ ޓާމިނަލްގެ މަސައްކަތަށް ބަދަލުތައް ގެނެސް އަލުން މަސައްކަތް ފަށަން ސޮއިކޮށްފިއެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވި ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެވެ. އަދި ބިންލާދިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަން އޮފިސަރު އިންޓަނޭޝަން ޕައުލޯ ޕީގީ އެވެ.

އާ ޓާނިމަލް ހެދުމުގެ މަޝްރޫއުގައި 2016 ވަނަ އަހަރު ބިންލާދިން ގްރޫޕަށް ދީފައިވަނީ (5.3 ބިލިއަން ރުފިޔާ) 350 މިލިއަން ޑޮލަރަށެވެ. އާ އެއްބަސްވުމާއެކުވެސް މި މަޝްރޫއުގެ އަގަށް ބަދަލެއް ނާންނާނެކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ގާތްގަނޑަކަށް އަހަރަކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ އާ ޓަމިނަލް އެޅުމަށް ހަމަޖައްސައިފައިވަނީ އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ. 

އާ ޓާމިނަލް 2022 ވަނަ އަހަރު ނިމޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން