ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ ފަދަ ބޭރުގެ ކުލީ ސިފައިން ހަތިޔާރާއިއެކު ރާއްޖެ ގެނެސް އެތައް ދިވެހިން މަރާފައިވާ ޓެރަރިސްޓަކު ހިމާޔަތް ކުރަން ބައަކު މަސައްކަތް ފެށުމުން ސިޔާސީ ޕާޓީ ތަކުގެ ނުފޫޒު ރައްޔިތުންގެ ވިސްނުމަށް ކޮށްފައިވާ މިންވަރު ހާމަވެއްޖެ ކަމަށް ޑރ. މައްރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.
ޑރ. މައްރޫފް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން އެންމެންގެ ލޯމަތީގައި އެތައް ބައަކު މަރާފައިވާ ބާޣީއަކު ހިމާޔަތްކުރަން ބައަކު މަސައްކަތް ފެށުމުން ސިޔާސީ ނުފޫޒު އިންސާނުންގެ ސިކުނޑިއަށް ކޮށްފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.
ލުޠްފީ އަކީ ލަންކާގައި ވިސާ ވެސްނެތި ފިލައިގެން އުޅުނު ޓެރަރިސްޓަކަށްވާއިއރު އެފަދަ މީހަކު ލަންކާގެ ފުލުހުންނާއި ހަވާލު ނުކޮށް ދިވެހި އެމަބަސީގައި ބަހައްޓާ މައްސަލައިގައި ގިނަ ބައަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ މީހުން ބުނަނީ އޭނާގެ މައްސަލަތައް ޙައްލުކޮށް ރާއްޖެ ގެނެވޭނެ ގޮތް ވަންދެން ބަހައްޓަން ޖެހޭނީ ލަންކާގެ ފުލުހުންގެ ޙަވާލުގައި ޖަލުގައި ކަމަށެވެ.
ގެއްލިގެން ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ލުޠްފީ އަށް ހިމާޔަތްދީ އެމްބަސީގައި 2 މަސް ދުވަސްވަނަދެން އެމަބސީގައި ބެހެއްޓިއިރު އެކަމުގެ މައުލޫމާތުވެސް ސަރުކާރުން ސިއްރުކޮށްފައި އޮތުމަކީވެސް ގިނަ ބައަކު ސަރުކާރަށް ފާޑުކިޔަމުން އަންނަ ކަމެކެވެ